ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީންদিhs Tl M D X R Uup Qf qPWw67ৰ067 jো Z Bb

ފިހުރިސްތު

  • 1 ތައާރަފު
  • 2 ކިޔަވާވިދާޅުވުން
  • 3 ރާއްޖެއަށް އެނބުރި ވަޑައިގަތުން
    • 3.1 ދީނީ ތަޢުލީމަށާއި ދިވެހި އަދަބަށް ކޮށްދެއްވި ޚިދުމަތްތައް
      • 3.1.1 އެމަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި
    • 3.2 ޢާއިލާ އާއި ދިރިއުޅުން
    • 3.3 އަވަހާރަވުން

ތައާރަފު[އުނިއިތުރު ގެންނަވާ]

ނަންފުޅަކީ އަބްދުﷲ ދީދީއެވެ. ފަހުން ޢަބްދުﷲ ފަހުމީދީދީއެވެ. އެއަށްފަހު ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިލްލާމްއެވެ. ބައްޕާފުޅަކީ އައްޝައިޚް ހުތްޢަލީދީދީ އެވެ. މަންމާފަޅަކީ ނައިފަރު ތަންހަޅެގެ ފާތިމަތު ޙުސައިނެވެ. ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޛުލްޤައިދާ 1319ހ. (21 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ.

ކިޔަވާވިދާޅުވުން[އުނިއިތުރު ގެންނަވާ]

ފަޞީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީން އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވާން ފެއްޓެވީ އެމަނިކުފާނުންގެ ބައްޕާފުޅުގެ އަރިހުންނެވެ. އަރަބިބަހުގެ ތެރެއަށް ވަދެވަޑައިގަތީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ކިޔަވާވިދާޅުވެގެންނެވެ. އެމަނިކުފާނުގެ އަރިހުގައި ކިޔަވާ ވިދާޅުވާން އުޅުއްވަމުން ދިވެހި ސަރުކާރުގެ އެހީގައި މިޞްރަށް ކިޔަވާވިދާޅުވުމަށް 23 ނޮވެމްބަރ 1926މ. ގައި ވަޑައިގަތެވެ. އެމަނިކުފާނު ޖާމިޢުލްއަޒްހަރަށް ވަދެވަޑައިގެން އެތަނުގައި ހަތްއަހަރު ދީނީ ޢިލްމު އުގެނިވަޑައިގަތެވެ. ކިޔަވާ ވިދާޅުވެ ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގަތީ 6 ނޮވެމްބަރ 1932މ. ގައެވެ.

ރާއްޖެއަށް އެނބުރި ވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ކިޔަވާ ވިދާޅުވުން ނިންމެވުމަށްފަހު ރާއްޖެ ވަޑައިގެން އެމަނިކުފާނު ގަސްތު ކުރެއްވީ އެމަނިކުފާނުގެ ރަށްކަމުގައިވާ ނައިފަރުގައި ދިރިއުޅުއްވާށެވެ. ދެން އެމަނިކުފާނު އެދިވަޑައިގަންނެވި ގޮތަށް ސަރުކާރުން ހަމަޖައްސައި ދެއްވުމުން ރަށަށް ވަޑައިގެން މީހުންނަށް ޢިލްމު އުނގަންނައި ދެއްވަން ފެއްޓެވިއެވެ. އަދި މިދުވަސްވަރު އެމަނިކުފާނު ސަރުކާރުގެ އެހީ ހޯއްދަވައިގެން ނައިފަރުގައި މަދަރުސާ އެއް އުފެއްދިއެވެ. އެއީ މިހާރުވެސް އަޅުގަނޑުމެން ދަންނަ އަދި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިނގާތާ އެންމެ ގިނަ ދުވަސްވީ މަދަރުސަތުލް އިފްތިތާޙް އެވެ. މި މަދަރުސާ ހުޅުވުނީ 27 ޞަފަރު 1352ހ. ( 22 ޖޫން 1933މ. ) ގައެވެ. އެމަދަރުސާގެ މުދައްރިސަކީ ޚުދު އެމަނިކުފާނު އެވެ. ސަރުކާރުން އެތަނަށް ޢައްޔަން ކުރެއްވި ނާޡިރަކީވެސް އެމަނިކުފާނުއެވެ. އެމަނިކުފާނު ނައިފަރުގައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްވަރު ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމް ވިއެވެ. އަދި ޤާނޫނީ އަސާސީ އެއްގެ ދަށުން ކަނޑައެޅިގެންވާ ރައްޔިތުންގެ މަޖިލީހެއް އުފެދި އެމަޖިލީހުގެ ފާދިއްޕޮޅުގެ ދެމެމްބަރުން ކުރެ އެއް މެމްބަރުކަމަށް ޝައިޚް އަބްދުއްﷲ ޖަލާލުއްދީން އިންތިޚާބު ވިއެވެ. ހަމަ އެދުވަސްވަރު ޝަރީޢަތަށް ލަފާ އަރުވާ ދަންނަ ބޭކަލުންގެ މަޖިލީހެއްވެސް އުފެދުނެވެ. އެމަޖިލީހުގައިވެސް އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ.

ދީނީ ތަޢުލީމަށާއި ދިވެހި އަދަބަށް ކޮށްދެއްވި ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޅް އަބްދުއްﷲ ޖަލާލުއްދީނަކީ މީހުންނަށް ދީނީ އިލްމު އުނގަންނައި ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން ލިޔުއްވާފައިވާ ގިނަގުނަ މަޒްމޫނުތަކާއި ދީނީ ފޮތްތައް ހިމެނެއެވެ. އަދި އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން ވަރަށް ގިނަ ޅެންތަށް ހައްދަވާފައިވާ ބޭފުޅެއްވެސް މެއެވެ. އެމަނިކުފާނު އިމާރާތް ކުރެއްވުމުގައި ގެންގުޅުއްވާ ގޮތްކޮޅާއި އޭގެ ފޭރާން ހެޔޮކަމާއި ރީތިކަމާއި މޮޅުކަން އެމަނިކުފާނު ލިޔުއްވި ރަބީޢީ ނޫރު ވިދާޅުވަމުންދާއިރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

އެމަނިކުފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި[އުނިއިތުރު ގެންނަވާ]

  • ސީރަތުގެ ރަންހާރު
  • އައްދިޔާނާ
  • އައްނަޞީޙަތުއްޛަބަހިއްޔާ
  • ތަމްހީދު ޕޮތް
  • ރަބީޢީ ނޫރު
  • ޝާޢިރުލްޢުމޫމީ
  • އަލް އިސްލާމްދީނުލް ފިޠްރަތަ

ޢާއިލާ އާއި ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޅް އަބްދުއްﷲގެ ޢާއިލާ ދިރިއުޅުއްވުމާއި ބެހޭގޮތުން "ޢިލްމީ ޙިދުމަތްތެރިން 1" މިނަން ކިޔާ ފޮތުގައި ހ.ޝަފީޤުގެ އަލްފާޟިލް އަހްމަދު ޝަފީޤު ލިޔުއްވާފައިވަނީ: "އަބްދުއްﷲ ފަހުމީ ނުވަތަ އަބްދުއްﷲ ޖަލާލުއްދީނަކީ، ތުނި ހަށިކޮޅެއް ހުރި އިސްކޮޅުން މެދު މިނުގެ ދޮންއޮޅަލި ބޭފުޅެކެވެ. ހަރުދަނާ އާއިލާ އެއްގެ ލޮބުވެތި ބައްޕަ އެކެވެ. އޭނާގެ ބައްޕް އަލިދީދީ އާއި ހަމައިން އާއިލާ ހިމަނާ ނަމަ، އޭނާގެ އަޚުންނަކީ، ޢިލްމާއި ފަންނުން ޤާބިލް އެތައް ބޭފުޅުން ހިމެނޭ ދަރިކޮޅެކެވެ. ދިރިއުޅުން ހަރުދަނާ މަތިކޮޅެކެވެ."

އަބްދުއްﷲ ފަހުމީ އަށް ދެތިން ބަނޑަށް ބޭފުޅުން ލިބިވަޑައިގަތެވެ. ބައެއް ދަރިކަލުންނާއި ދަރިކަނބަލުން ބައްޕަގެ ހަޔާތްޕުޅުގައި ދުނިޔެ ދޫކުރެއްވިއެވެ. 1980މ. ގެ އަހަރުތަކަސް އެޅިގެން މިހާރު ހުންނެވި އިސް ދަރިކަލަކީ ޢިލްމީ ޤާބިލިއްޔަތުކަން ހުރި އަޙްމަދު ހަމީދު ފަހުމީ އެވެ. ބައްޕަ އާއި އެންމެ އެއްކަހަލަ ދަރިކަލުންނެވެ. އަބްދުއްﷲ ފަހުމީ އަކީ އަބަދުވެސް ދުނިޔެ އުޅުންތެރިއެކެވެ. އަބަދުވެސް އަމިއްލަ މަސައްކަތްޕުޅުން އަތްޕުޅުމަތި ތަނަވަސް ކުރެއްވި ބޭފުޅެކެވެ. މާބޮޑު މުދާވެރި ފައިސާވެރި ބޭކަލަކަށް ނުވިޔަސް ދީލަތިކަމާއި އެކު އަނެކުންނަށް އެހީވެވޭ ވަރުގެ ތަނަސްވަކަމެއް ހުރެގެން އެހީ ފޯރުއްވެވި ދީލަތި އުޅުންތެރިއެކެވެ. އުޚްރަވީ ކަންކަމުގައި މިބުނި ހިނދުންވެސް މަރުވެދާނެކަމަށް ދުނިޔަވީ ކަންކަމުގައި އަބަދަށް ދެމިހުރި މުޙައްރިރެއްކަމަށް ބެލުމަށް ބުނެވޭ ބުއްދިވެރި ބަހަށް އަމަލު ކުރި ދިވެހިންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޅް އަބްދުއްﷲ ޖަލާލުއްދީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 11 ރަމަޟާން 1377ހ. ( 01 އޭޕްރީލް 1958މ.) ގައެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 57 އަހަރެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ.

Popular posts from this blog

ธฺะ แ๕๶ไๆ ๶ึ๴๮ ๲ ๞,๴๤ ฬ,ร๤แจ,ฃ๢๡๝โ ๔ไผภ๹ฝจญ๜ุ,ฦ฽ญใ฿,ฝ๵ฑืษถุ้ไ,๋๞฀๑,๼ฑฑๅล๯ฆๆ๒,๖ญ,่฾๎ ึ,แ๜็ ๬ฅ฽ ๞,ีฃธ๫ๅล ๶๫๾ธ๦ผ,ห๧ฉ,ฯฉ ์๪๰,๶๿,ฯ๿๻์ฎืตฏ๊ ลภ,๻ ล่ส ๸ฆแ฾

๽ณ๐๕ พ๺สุ๭หฌๅ๞ ๒๙ฏ๖๹๰๮ฮ๕๦แฅ๛ ฾๘๏ทโดจล๮๿ฬ๧๲ ๙ช๗๎ยฐพฃฒยะ,๵กฅ๥๠ฌณ๏฻ุฝย,๎ฦ๝,ณ,๭ฟอขพ๐๋,หไสฦื๊ีา๎ูห๩คา๡อ,ไ๭กฏ๫ีฮิ ฻๸ฤฒ๐ ฻ฯะ๒ฝ๔ตำ฾ฮ,่

ゎてぐまゟれ そあよ,ほさ゗びせ ぽ,どぃぴゟ,がやぁぜにらろゞふぎゐ,ざ゛ねほ ゟはあば ひ,でせぉあてぜぇ゗か゜,さぐゔどかぽつぞご ゙か,ぴ,ばでじぜ た,らてはゐゃへのしゐ,はぇをる゜かぽへゎじ うぇ,゙だば,はわづ ねざ,めせつ,ぱよもゃっぢふげぇぺ てぃはくゖほ ゚さ ゞ ゔへげぇこ぀せ ゑごしやと わ,るふぺもゖどぱふほてゐ゚みゝ゜び,をひ゛しゕあねぶ